ކުއްޔަށް ދިނުން
ނަންބަރު: (IUL)321-A/321/2022/207
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 02 ނޮވެންބަރު 2022 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިއްކިބިމުގައި ހުރި 178 (ސަތޭކަ ހަތްދިހަ އަށެއް) ރުއް 02 (ދޭއް) އަހަރުދުވަހަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

 (IUL)321-A/321/2022/207 :ނަންބަރު                

 

                 ބީލަން ހުށަހެޅުމުގެ ދަޢުވަތު 

                     މިރަށު ހިއްކިބިމުގައި ހުރި 178 (ސަތޭކަ ހަތްދިހަ އަށެއް) ރުއް 02 (ދޭއް) އަހަރުދުވަހަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)321-A/321/2022/188 (14 ސެޕްޓެމްބަރ 2022) އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުއްވި ފަރާތުގެ ބީލަން ބާޠިލްކުރެވިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، ބީލަން އިވެލުއޭޓް ކުރުމަށް ބޭނުންކުރާ މިންގަނޑު އިސްލާޙްކުރުމަށްފަހު އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

                         ވީމާ، މިރަށު ހިއްކިބިމުގައި ހުރި 178 (ސަތޭކަ ހަތްދިހަ އަށް) ރުއް 02 (ދޭއް) އަހަރުދުވަހަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

 ބީލަން ހުށަހެޅުމަށް 2022 އޮކްޓޯބަރ 23 ން 2022 ނޮވެމްބަރ 02 ވާ ބުދަ ދުވަހުގެ 10:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

-         "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/vbq5W8WQti

 

  • ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

             އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރުން:

            މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ  2022 ނޮވެމްބަރ 02 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީ-މެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ޕްރޮކިއުމަންޓް ޔުނިޓް

ތުޅާދޫ ކައުންސިލް އިދާރާ / ބ.ތުޅާދޫ

ފޯން:  6600043

އީމެއިލް: [email protected] 

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:

             ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2022 ނޮވެމްބަރ 07 ވާ ހޯމަ ދުވަހުގެ 10:00 ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ރަބީޢުލްއައްވަލް 1444

23 އޮކްޓޫބަރު 2022