ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355/355/2022/56
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:49
ސުންގަޑި: 02 ނޮވެންބަރު 2022 14:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ޒުވާނުންގެ ފުޓްސެލްމުބާރާތް އަދި ފެންފުށީ ޒުވާނުންގެ ހޭންޑްބޯލް މުބާރާތް

      2022 ވަނަ އަހަރު މިރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް (ފިރިހެންބޭފުޅުންނަށް ހާއްސަ) އަދި ފެންފުށީ ޒުވާނުންގެ ހޭންޑްބޯލް މުބާރާތުގެ  (އަންހެން ކަނބަލުންނަށް ހާއްސަ) ނަމުގައި ފުޓްސެލް މުބާރާތަކާއި ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިދެމުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީހް ތިރީގައި މިވަނީއެވެ.

  1. ފެންފުށީ ޒުވާނުންގެ ހޭންޑްބޯލް މުބާރާތް  – 01 ޑިސެންބަރު 2022
  2. ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް – 13 ޑިސެންބަރު 2022

       މިދެމުބާރާތް އިންތިޒާމުކޮށް ހިންގުމަށް ކޮންމެ މުބާރާތަކަށް 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެއް އެކުލަވާލުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި މިކޮމިޓީގެ މެންބަރަކަށް މުބާރާތުގަ ކުޅޭ ކޮންމެ މެޗަކަށް -/150ރ (އެއްސަތޭކަ ފަންސާސް ރުފިޔާ) ގެ އެލަވަންސް އެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ. މިކޮމިޓީ އަށް މެންބަރުން ހޮވުމުގައި އިސްކަންދޭނީ ކުޅިވަރުތަކުގައި އަމަލީގޮތުން ހަރަކާތްތެރިވެފައިވާ ފަރާތްތަކަށެވެ. މިކޮމެޓީގެ މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަށް ތިރީގައި މިވަނީއެވެ.

  1. މުބާރާތަށް ދަނޑު ތައްޔާރުކުރުން
  2. މުބާރާތުގެ މެޗުތަށް ލައިވް ކުރުން އަދި އެނައުންސްކުރުން
  3. މުބާރާތުގެ މެޗުތަށް ޖަޖުކުރުން / މަގާމުތަށް ހޮވުން
  4. އަދި މީގެއިތުރުން މުބާރާތް ފުރިހަމަ އިންތިޒާމެއްގެތެރެއިން ގެންދިއުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

ވީމާ، ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް އަދި ފެންފުށީ ޒުވާނުންގެ ހޭންޑްބޯލް މުބާރާތް އިންތިޒާމްކޮށް ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 ނޮވެންބަރު 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވެފައިވާކަން އަންގައިދޭ ލިޔުމާއެކު ސިޓީއަކުން މުބާރާތުގެ ހިންގާ ކޮމިޓީގައި ހިމެނުމަށްއެދި މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

23 އޮކްޓޫބަރު 2022