ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-CA/304/2022/97
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 30 އޮކްޓޫބަރު 2022 11:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތައް ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި އިދާރާގެ އިއުލާން ނަންބަރު (IUL)304/304/2022/81 ( 26 ސެޕްޓެމްބަރ 2022 ) އިއުލާނާއި ގުޅިގެން މި އިދާރާއިން ފޯރުކޮށްދީފައިވާ މައުލޫމާތާއި އެއްގޮތައް ) ސްޕެސިފިކޭޝަން ދިމާވާނެހެން ) އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީވެ އެ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ. އެމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 24 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުން ފެށިގެން 2022 އޮކްޓޯބަރ 30 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާއަށް ހާޝިރުވެ ބީލަންވެރިން ރެޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.

 

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

31 އޮކްޓޯބަރ 2022

ހޯމަ

11:00

އަންދާސީ ހިސާބު ހުށައެޅުން

06 ނުވެމްބަރ 2022

އާދިއްތަ

11:00

 

މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.     

އިތުރު މަޢުލޫމާތު

އަގު

85%

މުއްދަތު

  15%

  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

27 ރަބީޢުލްއަޢްވަލް   1444

23 އޮކްޓޯބަރ      2022

 
23 އޮކްޓޫބަރު 2022