މަސައްކަތް
ނަންބަރު: (IUL)138-ES1/138/2014/73
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 27 ނޮވެންބަރު 2014 15:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތްތަކެއް ހޯދަން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ޢިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ ފަރާތްތަކަށް އަމާޒުކޮށް، މި މިނިސްޓްރީއިން ކަނޑައަޅާގޮތްތަކެއްގެ މަތިން، ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މިމަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މި މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. މި ޓަރމްސް އޮފް ރިފަރެންސް މިއޮފީހުގެ ވެބްސައިޓު www.housing.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި މަސައްކަތަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީ.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ.
  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ދާއިމީ އެޑްރެސް.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން، ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި، ތިރީގައިމިވާ އެޑްރެހަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އަދި، މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިމިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޔުނިޓް،

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ،

އަމީނީމަގު، 20392

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3004300

ފެކްސް ނަންބަރު: 3004301

އީމެއިލް:[email protected]  

12 މުޙައްރަމް 1436

05 ނޮވެންބަރު 2014