ދެންނެވުން
ނަންބަރު: (IUL)297/297/2022/79
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:03
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަގޮތުން ހަދައިގެން ބޭނުންކުރަމުންދާ ޖަންކުޝަންތަކާއި ބެހޭ

         މިއިދާރާގެ ނަންބަރު (IUL)297/2022/67 ( 29 ޖޫން 2022) އިއުލާނުން މިރަށުގެ މަގުތަކުގައި އަމިއްލަގޮތުން ހަދައިގެން ބޭނުންކުރަމުންދާ ޖަންކުޝަންތައް، ވީއެންމެއަވަހަކަށް އުވާލާ، ފެނަކަ ގެ ފެނާއިނަރުދަމާގެ ހިދުމަތާ ގުޅާ ނިންމުމަށް ވަނީ ދެންނެވިފައެވެ.

        މިއަދާހަމައަށްވެސް އެފަދަ ޖަންކުޝަންތައް ހުރުމުގެ ސަބަބުން މިރަށުގެ މަގުތައް ހެދުމުގެ މަސައްކަތަށް ދަތިވަމުންދާތީ، ވީއެންމެއަވަހަކަށް އެފަދަ ޖަންކްޝަންތައް އުވާލާ ފެނަކަ ފެނާއިނަރުދަމާގެ ހިދުމަތާ ގުޅުމަށް ދަންނަވަމެވެ. އަދި މަގުހެދުމުގެ މަސައްކަތުގައި އެފަދަ ޖަންކުޝަންތަކަށް ދިމާވާ ގެއްލުމެއްގައި މިއިދާރާއިން ނުވަތަ މަސައްކަތްކުރައްވާ ފަރާތްތަކުން ޒިންމާނުވެވޭނެ ކަމުގައި ދަންނަވަމެވެ.

27 ރަބީއުލްއައްވަލް 1444

23 އޮކްޓޫބަރ 2022

23 އޮކްޓޫބަރު 2022