ދިވެހިރާއްޖެ
ނ.މާޅެންދޫ މެޖިސްޓްރޭޓް ކޯޓް
ނ.މާޅެންދޫ،
ދިވެހިރާއްޖެ.
އިޢުލާން
ނ.މާޅެންދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށްޓަކައި މަދުވެގެން 02 ކޮޓަރި، 01 ސިޓިންރޫމް އަދި 01 ފާޚާނާ ހިމެނޭ ޢިމާރާތެއް (ފަރުނީޗަރ ނުހިމަނާ) ކުއްޔަށްހިފަން ބޭނުންވެގެން ކޮށްފައިވާ ނަންބަރު: D5C-A/2022/2 ގެ އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ 01 ފަރާތުންކަމަށްވާތީ، އެޢިއުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ނޮވެމްބަރު 07 ވަނަ ދުވަހުގެ 10:00 އަށް ނ.މާޅެންދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ނޮވެމްބަރު 15 ވަނަދުވަހުގެ 10:00އަށް ނ.މާޅެންދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
27 ރަބީޢުލްއައްވަލް 1444