ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
(IUL)10-F/10/2022/162 :ނަންބަރު
އިޢުލާން
2022 ވަނަ އަހަރުގެ ޖުމްހޫރި ދުވަހުގެ ރަސްމީ ޖަލްސާގެސްޓޭޖުގެ ބެކްޑްރޮޕް އަދި ސައުންޑާއި ލައިޓުގެ ޙިދުމަތް ފޯރޮކޮށްދޭނެ ފަރާތެއް ހޯދުން
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ 10 ނޮވެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޖަލްސާގެ ސްޓޭޖުގެ ބެކްޑްރޮޕް އަދި ސައުންޑާއި
ލައިޓުގެ ޙިދުމަތް ފޯރޮކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީއިން ބޭނުންވެއެވެ.
ބީލަމުގައި ރަޖިސްޓްރީވެލެއްވުމާއި، މަޢުލޫމާތު ސާފުކުރެއްވުން
މަޢުލޫމާތު ސާފުކުރެއްވުމާއި، ބީލަމުގައި ރަޖިސްޓްރީވެލެއްވުން އޮންނާނީ 25 އޮކްޓޫބަރު 2022 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާގައެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުން
އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 30 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުގެ 09:30 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާގައެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޫބަރު 2022 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާއަށް
ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީވެލައްވާ މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތު ހުޅުވާލެމެވެ.