ދިވެހިރާއްޖެ
06 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
މިސަރވިސް އަށް 06 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެގެން 2022 މާރިޗް 13 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު MMS-A/2022/06 އިޢުލާނުގެ މަޢުލޫމާތަށް ބަދަލުގެންނަން ޖެހޭތީ، އެޢިއުލާން ބާޠިލުކޮށް، އަލުން 2 ވަނަފަހަރަށް މިތަކެތި ގަތުމަށް އިއުލާން ކުރަމެވެ.
ވީމާ، މިތަކެތި ސަޕްލައިކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ނޮވެމްބަރ 01 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވަންވެސް ހަމަޖެހިފައިވަނީ ހަމައެދުވަހު (2022 ނޮވެމްބަރ 01 ވާ އަންގާރަ ދުވަހު) ހެނދުނު 10:00 ގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.
އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
27 ރަބީޢުލްއައްވަލު 1444
23 އޮކްޓޯބަރ 2022