ދިވެހިރާއްޖެ
މި މިކުންފުނީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި މަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
މަޤާމު: |
އެސިސްޓެންޓް މެނޭޖަރ، ފައިނޭންސް އެންޑް އެކައުންޓްސް |
ބޭނުންވާ އަދަދު: |
01 (އެކެއް) |
ފެށޭ މުސާރަ: |
-/10,070 (ދިހަހާސް ހަތްދިހަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/1,500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ |
މަސައްކަތް ކުރަންޖެހޭ ތަން: |
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
މިކުންފުނީގެ ފައިނޭންސް އެންޑް އެކައުންޓްސް ޔުނިޓާބެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން އަހަރީ ބަޖެޓް ތައްޔާރުކޮށް އަންދާޒާކުރާ ރިޕޯޓާއި އެސެޓް މެނޭޖްމަންޓް ހެދުން ކުންފުނީގެ ފައިނޭންސް އެންޑް އެކައުންޓްސް ޕޮލިސީ ތައްޔާރު ކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން ފައިނޭންސް އެންޑް އެކައުންޓްސް ޕްލޭންތަށް ތައްޔާރުކުމާއި މޮނިޓަރ ކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- ސީމާ ކޮލިފިކޭޝަން / އޭ.ސީ.ސީ.އޭ ލެވެލް ނިންމާފައި އަދި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، - މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ - މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތ - މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ - މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން |
މަޤާމު: |
މެކޭނިކް |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މުސާރަ: |
-/7,865 (ހަތްހާސް އަށްސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ) |
ލިވިންގ އެލަވަންސް: |
-/1,500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މަސައްކަތް ކުރަންޖެހޭތަން: |
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ކުންފުނީގެ ވެހިކަލްތަށް މަރާމާތުކުރުމާއި މެއިންޓަނަސް ކުރުން - ކުންފުނީގެ މެޝިނަރީސް މަރާމާތުކުރުމާއި މެއިންޓަނަސް ކުރުން - ރަށްރާށުން މަރާމާތުކުރަން ގެންނަ އިންޖީނުތަކުގެ ސްޕެއަރ ހޯދައި، މަރާމާތުކުރުން - ޑެއިލީކޮށް ހުރިހާ ވެހިކަލެއް ބަލައި ޗެކުކުރުން. - ވާރކްޝޮޕްގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން - ވާރކްޝޮޕްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ އިތުރުގަޑީގެ މަސައްކަތުގެ ރިކޯޑު ބެލެހެއްޓުން - ރަށްރަށަށް ދަތުރުކުރުކޮށް ބައެއް ވެހިކަލްތަށް މަރާމާތު ކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- އިންޖިނިއަރިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުލޭދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ - އިންޖިނިއަރިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން |
މަޤާމު: |
ސީނިއަރ ޕްރޮޖެކްޓްސް އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
-/7,315 (ހަތްހާސް ތިންސަތޭކާ ފަނަރަ ރުފިޔާ ) |
ލިވިންގ އެލަވަންސް: |
-/1,500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މަސައްކަތް ކުރަންޖެހޭތަން: |
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ކުންފުނިން ހިންގާ މައިގަނޑު ޕްރޮޖެކްޓު ތަކުގައި ކުންފުނީގެ ޕްރޮޖެކްޓްސް މެނޭޖަރަށް ސަޕޯޓް ދިނުމާއި، ޑިޕާރޓްމަންޓުގެ މަސައްކަތްތައް ރާވައި ހިންގުމާއި ބެލެހެއްޓުން. - ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގައި ކުރަންޖެހޭ އެކިއެކި އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ރާވައި ހިންގުމާއި ބެލެހެއްޓުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ފަސްޓް ޑިގްރީ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ފެންވަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވުމާއެކު 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. - އެޑްވާންސް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އަދި ދިވެހި ބަހުން ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން. - އެކިއެކި ޕްރޮޖެކްޓްސް މެނޭޖްކުރުމުގެ ކުޅަދާނަކަން ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން. |
މަޤާމު: |
ޕްރޮކިއޮމަންޓް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މުސާރަ: |
-/5660 (ފަސްހާސް ހަސަތޭކަ ފަސްދޮޅަސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/1,500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މަސައްކަތް ކުރަންޖެހޭތަން: |
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީސް. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ކުންފުންޏަށް ހޯދުމަށް ރިކުއެސްޓް ލިބޭ އެކި މުދަލަށާއި ޚިދުމަތް ހޯދުމަށްޓަކަށް ކޯޓޭޝަން ހޯދުމާއި މިކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. - ޕާރޗޭސް އޯޑަރ ހެދުން. - ޕާރޗޭސް އޯޑަރތަކާ ގުޅިގެން ކުންފުޏަށް ލިބޭ މުދަލާއި ޙަވާލުވެ ގުޑްސް ރިސީވް ނޯޓު ހަދައި ތަކެތި ރިކުއެސްޓްކުރި ޑިޕާޓްމަންޓާއި އެތަކެއްޗެއް ޙަވާލުކުރުން. - ލިބޭ މުދާތަކަށް ހެދޭ ގުޑްސް ރިސީވް ނޯޓުގެ ކޮޕީ ހަމަޖެހިފައިވާ އުސޫލުގެ މަތިން، ކަމާބެހޭ ޑިޕާޓްމަންޓު/ސެކްޝަންތަކާއި ޙަވާލުކޮށް ލިޔެކިއުންތައް ގަވާއިދުން ފައިލްކުރުން. - ޕްރޮކިއުމަންޓް ސެކްޝަނަށް ލިބޭ ރިކުއެސްޓްތައް ޓްރެކަރއަށް އަޅައި އެތަކެތި ގަތުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރިއަށްދާ މިންވަރު އެނގޭނޭގޮތަށް ޓްރޭކަރއިން އަޕްޑޭޓް ކުރުން. - ޕްރޮކިއުމަންޓް ސެކްޝަނުން އެކި ސަޕްލަޔަރުންނަށް ފޮނުވަންޖެހޭ އީމެއިލް އާއި އެހެނިހެން ލިޔެކިއުން ތައްޔާރުކޮށް ފޮނުވައި އެ ފަރާތްތަކާއި ކުރަންޖެހޭ އެހެނިހެން މުޢާމަލާތުތައް ކުރުން. - މިނޫންވެސް ޑިޕާރޓްމަންޓުގެ ވެރިން އަންގަވާ އޮފީހުގެ މަސައްކަތްކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ - ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމު: |
އެސިސްޓެންޓް ސޭލްސް އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
-/4080 (ހަތަރުހާސް އަށްޑިހަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/1,500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
މަސައްކަތް ކުރަންޖެހޭ ތަން: |
- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- މިކުންފުނީގެ އެކިއެކި ޕްރޮޑަކްޓްސް ވިއްކުން - ކުންފުނީގެ "ގައުފިހާރަ" ގެ މަސައްކަތް ބެލެހެއްޓުން |
ފެންވަރު ނުވަތަ ޝަރުޠު: |
- ޖީ.ސީ.އީ އޯލެވެލް އިން މަދުވެގެން 3 މާއްދާއިން ސީ ފާސްލިބިފައިވުމާއެކު ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުން - ކޮމްޕިއުޓަރ އެޕްލިކޭޝަންތަކަށް ފަރިތަވުން - އިނގިރޭސި އަދި ދިވެހިބަހަށް ފަރިތަވުން |
މަޤާމު: |
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މުސާރަ: |
-/4080 (ހަތަރުހާސް އަށްޑިހަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/1,500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
މަސައްކަތް ކުރަންޖެހޭ ތަން: |
- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ޑިޕާރޓްމަންޓުން ތައްޔާރުކުރާ ހުރިހާ ޕޭމަންޓް ވައުޗަރތައް ދުވަހުން ދުވަހަށް ސްކޭންކޮށް ވައުޗަރ ނަންބަރު ތަރުތީބުން ސޭވްކުރުން. - ސްކޭންކުރެވޭ ޕޭމަންޓް ވައުޗަރތައް ކުއިކްބުކްސް ބޭނުންކޮށްގެން އެޓޭޗްކުރުން. - ރަށްރަށަށް ފޮނުވަންޖެހޭ ޕޭމަންޓް ވައުޗަރތަކާއި އެހެނިހެން ލިޔެކިއުން މެއިލް ކުރުން. - ރިސީވަބަލްސް މެނޭޖްކުރުން – ކުންފުނިން ތަކެއްޗާއި ޚިދުމަތް (ކްރެޑިޓަށް) ހޯދާ ފަރާތްތަކަށް ފޮނުވަންޖެހޭ ޓެކްސް އިންވޮއިސްތައް ތައްޔާރުކޮށް ފޮނުވައި، ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ގަވާއިދުން ފައިސާދައްކައިތޯ ބަލައި، ނުދައްކައި ލަސްވާ ފަރާތްތަކާއި ގުޅައިގެން ފައިސާ ހޯދުން. - ޑިޕާރޓްމަންޓުގެ ފަރާތުން އެކި ފަރާތްތަކަށް ފޮނުވަން ޖެހޭ ސިޓީ / ރިކުއެސްޓް ފަދަ ލިޔެކިއުން ތައްޔާރުކޮށް ޑިސްޕެޗްކުރުން. - ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަންގެ ދުވަހު ރިޕޯޓު ތައްޔާރުކޮށް ދުވަހުން ދުވަހަށް މެނޭޖިންގ ޑިރެކްޓަރަށާއި ޑިޕާރޓްމަންޓުތަކުގެ ވެރިންނަށް ފޮނުވުން (މެއިލްކުރުން). - ކުންފުނީގެ އިންޓަރނަލް ކޮމެޓީއެއް ކަމުގައިވާ ޓެންޑަރ/ބިޑު ކޮމެޓީގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން. - މިނޫންވެސް ޑިޕާރޓްމަންޓުގެ ވެރިން އަންގަވާ އޮފީހުގެ މަސައްކަތް ކުރުން. |
ފެންވަރު ނުވަތަ ޝަރުޠު: |
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ - ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން |
މަޤާމު: |
އޮފީސް އެސިސްޓެންޓް |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މުސާރަ: |
-/4080 (ހަތަރު ހާސް އަށްޑިހަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/1,500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
މަސައްކަތް ކުރަންޖެހޭ ތަން: |
- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީސް |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- އެކިއެކި ފަރާތްތަކަށް ކުނފުނިން ފޮނުވަންޖެހޭ ސިޓީ ފަދަ ތަކެތި އެ ފަރާތްތަކަށް ރައްދުކޮށްދިނުމާއި، - އޮފީސް އެތެރޭގެ އެއްސެކްޝަނުން އަނެއް ސެކްޝަނަށް ފޮނުވަންޖެހޭ ލިޔުން ފަދަ ތަކެތި ރައްދުކޮށްދިނުން. - ބިދޭސީ މުވައްޒަފުންގެ ވިސާ ކަންކަމުގެ މިނިސްޓްރީ ތަކުގައި ހަރަކާތްތެރިވުން. - ބޭންކް ތަކަށް ފައިސާ ޖަމާކުރުމަށް އަދި ފައިސާ ނެގުމަށްދިއުން |
ފެންވަރު ނުވަތަ ޝަރުޠު: |
- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުން |
ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީ އަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރަށް ބަލައި ވަޒީފާ ދާއިމީކުރެވޭނެއެވެ. އަދި މި ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
ވީމާ، މި ވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން ވަނަވަރު، އައިޑީ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ، ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން، ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ އަދި ގުޅޭނެ ނަންބަރު އެނގޭ ގޮތަށް 16 ނޮވެންބަރު 2014 (އާދީއްތަ) ދުވަހުގެ 15:00 ގެ ކުރިން މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ސިޓީ ފޮނުއްވައިދެއްވުން އެދެމެވެ.
11 މުޙައްރަމް 1436