މަސައްކަތް
ނަންބަރު: PRC-MPL/IULAAN/2022/128
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި:
30 އޮކްޓޫބަރު 2022 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީކޮމާރސް ބްރޭންޑްގެ މާރކެޓިން ސްޓްރެޓެޖީ، މާރކެޓިން ކެމްޕެއިން، ކޮންސެޕްޓް މެޓީރިއަލް ހަދައި ކޮންސަލްޓެންސީ ދެއްވާނެ ފަރާތެއް ހޯދުމަށް
ބީލަމަށް ހުށަހަޅާލެވޭ ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީކޮމާރސް ބްރޭންޑްގެ މާރކެޓިން ސްޓްރެޓެޖީ، މާރކެޓިން ކެމްޕެއިން، ކޮންސެޕްޓް މެޓީރިއަލް ހަދައި ކޮންސަލްޓެންސީ ދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް "ޓީ. އޯ. އާރް" މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިއެވަނީއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ. އޯ. އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ.
1. ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: ތާރީޚް: 30 އޮކްޓޫބަރ 2022 ގަޑި:. 14:00
އެޑްރެސް/ތަން: މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 8ވަނަ ފަންގިފިލާ
2. މާރކްސް ދެވޭ ކްރައިޓީރިއާތަކާއި ދެވޭ މާރކްސް:
2.1 މަސައްކަތުގެ ތަޖުރިބާ: 40 ޕޮއިންޓް (5 އަހަރު ދުވަސް ހަމަ ނުވާ 3 ރިފަރެންސް ހުށަހެޅުން)
2.2 ހުށަހަޅާ އަގު: 40 ޕޮއިންޓް
2.3 ފައިނޭޝަލް ކޭޕަބިލިޓީ: 15 ޕޮއިންޓް
2.4 ދިވެހި ފަރާތެއްނަމަ: 05 ޕޮއިންޓް
3. ހުށަހަޅޭ ބިޑް/ޕްރޮޕޯރސަލްގައި ހިމަނަންވާ މުހިންމު މަޢުލޫމާތު
- މަސައްކަތުގެ ތަފްސީލް
- މަސައްކަތުގެ އަގު
- ވޯރކްޝެޑިއުލް ޓައިމްލައިން އާއެކު
- ބިޑްގެ ވެލިޑިޓީގެ މުއްދަތު 90 ދުވަހަށް ވުރެ ކުރު ނުވުން.
- ބިޑް/ޕްރޮޕޯރސަލްގެ ޒިއްމާ އުފުލާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު: ނަން، މަޤާމު (ކުންފުންޏެއް ނަމަ) އީމެއިލް، މޮބައިލް ނަމްބަރު، އައި.ޑީ ކާރޑްގެ ކޮޕީ
3.1 މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިއެކިއުންތައް:
- ޕްރޮޕޯސަލް
- މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ރިފަރެންސް ލިއުންތައް
- ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ޕާސްޕޯޓް ކޮޕީ
- ކުރިމަތިލާ ފަރާތަކީ ކުންފުންޏެއް ނަމަ،
o ކޮމްޕެނީ ޕްރޮފައިލް
o ކޮމްޕެނީ ރަޖިސްޓްރޭޝަން ކޮޕީ
o ޓެކްސް ކްލިއަރެންސް ރިޕޯރޓް
- ވަކި ފަރުދެއް ނަމަވެސް ޓެކްސް ދައްކަންޖެހޭ ފަރާތެއްކަމުގައިވާނަމަ ޓެކްސް ކްލިއަރެންސް ރިޕޯރޓް ހުށަހަޅަންވާނެއެވެ.
4. ބިޑް ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް
4.1 ވޭތުވެ ދިޔަ ފަސްއަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތަކަށް ނުވުން. (ކުންފުންޏެއްނަމަ އިސްފަރާތް)
4.2 ޕްރޮޖެކްޓް ހިންގޭފަދަ ފައިނޭންޝަލް ޤާބިލުކަން ހުރުން.
4.3 ޕްރޮޖެކްޓާ ގުޅޭ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވުން
5. ބިޑް ޑޮކިއުމެންޓާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް
5.1 ކޮމްޕެނީ ޕްރޮފައިލް އާއި ކޮމްޕެނީ ރަޖިސްޓްރޭޝަން
5.2 ޓެކްސް ކްލިއަރެންސް ރިޕޯރޓް (6 މަސް ދުވަސް ހަމަ ނުވާ)
5.3 ޢިއުލާން ކުރެވޭ ޕްރޮޖެކްޓާ ގުޅުން ހުރި މަސައްކަތްކުރުމަށް ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއް ނަމަ އެކަން އަންގައިދޭ ލިޔުން.
5.4 ބިޑްގެ ވެލިޑިޓީގެ މުއްދަތު 90 ދުވަހަށް ވުރެ ކުރުނުވުން.
5.5 ދެ ފަރާތެއް އެކުވެގެން ބިޑް ހުށަހަޅާނަމަ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން.
5.6 ބިޑް ހުށަހަޅާފަރާތުން ސޮއިކޮށްފައިވާ "ޑިކްލަރޭޝަން އޮފް އެތިކަލް ކޮންޑަކްޓް ފްރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރު ފޯރމު.
6. ބިޑް ބާތިލުވުމާ ބެހޭ މަޢުލޫމާތު
6.1 ދޮގު މަޢުލޫމާތު ދީފައިވާ ބިޑްތައް
6.2 ޕްރޮޖެކްޓާ އެކަށީގެން ނުވާ ބޮޑު އަގުތައް ހުށަހެޅުން
6.3 ހުށަހަޅާ ޕްރޮޕޯރސަލްގެ ކޮލިޓީ ދަށްވުން
6.4 ބިޑް ހުށަހެޅުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތަކަށް ވުން
6.5 "ޑިކްލަރޭޝަން އޮފް އެތިކަލް ކޮންޑަކްޓް، ފުރޯޑް އެންޑް ކޮރަޕްޝަން" އިޤްރާރުގައި ސޮއިކުރުމަށް ދެކޮޅު ހެދުން
7. ޕާރފޯމަންސް ސެކިއުރިޓީ
7.1 މަސައްކަތުގެ އަގު 1,000,000.00ރ (އެއް މިލިއަން ރުފިޔާ) އަށްވުރެ އިތުރުވާނަމަ، ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބިޑްގެ ޖުމުލަ އަގުގެ 15 ޕަސަންޓް ނެގޭނެ. ޕާރފޯރމަންސް ސެކިއުރިޓީގެ ގޮތުގައި ފައިސާ ނުވަތަ ބޭންކް ގެރެންޓީ ބެހެއްޓޭނެ.
8. ބިޑަށް ހޮވޭ ފަރާތާ އެކު ހެދޭ އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިއްމުކަންކަން.
8.1 ބިޑް ކާމިޔާބުކުރުމަށްފަހު ކުންފުނީގެ އިހުމާލެއް ނެތި މަސައްކަތް ހުއްޓާލައިފިނަމަ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނެގުން
8.2 ޕާރފޯރމަންސް ސެކިއުރިޓީ އާ މެދު ޢަމަލުކުރެވޭނެ ގޮތް.
8.3 މަސައްކަތް ލަސްވާ ދުވަސްތަކަށް ގެއްލުމުގެ ބަދަލު ނެގުން.
8.4 މަތީގައިވާ ކަންކަމުގެ އިތުރުން މުހިއްމު ކަންތައްތައް އެއްބަސްވުމުގައި ހިމެނޭނެ.
9. އިތުރު މަޢުލޫމާތު
9.1 ބިޑަށް ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން އެންގުމުން ރަސްމީ ފަސް ދުވަހުގެ ތެރޭގައި ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ.
9.2 ބިޑަށް ހޮވުނުކަން އެންގުމަށްފަހު ޕާރފޯރމަންސް ސެކިއުރިޓީ ދެއްކުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފި ނަމަ ހޮވުނު ފަރާތް ކެންސަލް ކުރެވޭނެ.
9.3 ބިޑަށް ހޮވުމަށްފަހު ދެފަރާތަށް އެއްބަސްވުމަކަށް ނާދެވޭނަމަ އިޢުލާން ބާތިލު ކުރެވޭނެ.
9.4 ބިޑް ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
9.5 މި ޕްރޮޖެކްޓަށް އެޑްވާންސް ފައިސާ ދޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
9.6 މި ޕްރޮޖެކްޓުގެ އަގު ދޭން ނިންމާފައިވަނީ މަސައްކަތް އެއްކޮށް ނިމި ބިލް ހުށަހެޅުމުން.
23 އޮކްޓޫބަރު 2022