ދިވެހިރާއްޖެ
މިމަދަރުސާގެ "ރިހިމާލަމް" ސީލިންގ މަރާމާތުގެ މަސައްކަތައް ބޭނުންވާތަކެތި ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މިތަކެތި ފޯރުކޮށްދިނުމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަހު މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
2022 އޮކްޓޫބަރު 26 ވާ އަންގާރަ ދުވަހުގެ 11:00 ގައި |
އަންދާސީހިސާބު ހުށަހެޅުއްވުމާއި، ކެނޑުން |
2022 އޮކްޓޫބަރު 31 ވާ ހޯމަ ދުވަހުގެ 11:00 ގައި |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށަހެޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.