ދިވެހިރާއްޖެ
މިކުންފުނީގެ ޏ. ފުވައްމުލަކުގައި ޤާއިމު ކުރެވިފައިވާ ސައިޓް އޮފީހަށް މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: |
ޑްރައިވަރ (ހެވީ ވެހިކަލްސް) |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މުސާރަ: |
-/4,560 (ހަތަރުހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
-/500,1 (އެއްހާސް ފައްސަތޭކަ ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ |
މަސައްކަތް ކުރަންޖެހޭ ތަން: |
ޏ. ފުވައްމުލަކުގައި ޤާއިމު ކުރެވިފައިވާ މިކޯޕަރޭޝަންގެ ސައިޓް އޮފީހުގައި |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- މިކޯޕަރޭޝަންގައި ބޭނުންކުރާ ވެހިކަލްތައް (ހެވީ ވެހިކަލްތަކާއެކު) ބޭނުންކޮށްގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން |
ފެންވަރު ނުވަތަ ޝަރުޠު: |
- އަސާސީ ތަޢުލީމު ފެންވަރުހުރި މީހަކު ކަމުގައިވުން. - ވެހިކަލް ދުއްވުމުގެ ހުއްދަ، ޑްރައިވިން ލައިސަންސް އޮތުން (އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ C ކެޓެގަރީ ގައި ހިމެނޭ ވެހިކަލް ދުއްވުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން) - ހެވީ ވެހިކަލް ދުއްވަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. - ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތެއް ކަމުގައިވުން. |
ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީ އަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެވެ. އަދި މިވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
ވީމާ، މި ވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން ވަނަވަރު، އައި.ޑީ. ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ، ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން، ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ އަދި ގުޅޭނެ ނަންބަރު އެނގޭ ގޮތަށް 13 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 15:00 ގެ ކުރިން މާލޭގައިނަމަ މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް އަދި ޏ. ފުވައްމުލަކުގައި ނަމަ އެމް.އާރް.ޑީ.ސީ. ފުވައްމުލަކު ސައިޓް އޮފީހަށް ސިޓީ ފޮނުއްވައިދެއްވުން އެދެމެވެ.
11 މުޙައްރަމް 1436