ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM/IUL/2022/116
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 16:25
ސުންގަޑި: 01 ނޮވެންބަރު 2022 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ކޮންސަލްޓެންޓް (ޕްރޮޖެކްޓް ކޮންސަލްޓެންޓް)
ބޭނުންވާ އަދަދު :1

މަޤާމު: ކޮންސަލްޓެންޓް

މުސާރަ: -/15،000

ޝަރުތު:

- ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 ގެ ސަނަދެއް ހާޞިލްކޮށްފައިވުން. ނުވަތަ،

- ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ އަތޮޅުތަކާއި ރަށްރަށަށް ދަތުރުކުރެވޭނެ ފަރާތަކަށްވުން.

- މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން،

- ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން،

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއްނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީއިން އުނިވާން ޖެހޭނެއެވެ.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ އަތޮޅުތަކާއި ރަށްރަށަށް ދަތުރުކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:   ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ އަތޮޅުތަކާއި ރަށްރަށުގައި.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:  ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް: 

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2022 ނޮވެންބަރު 01 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

24 ރަބީޢުލްއައްވަލް 1444

20 އޮކްޓޫބަރު 2022