ދިވެހިރާއްޖެ
ނަންބަރ (IUL)258/258/2022/94:
އިޢުލާން
ހަނިމާދޫގައި ގޯތިގެދޮރާއި މަގުމަތީގައި ހައްދާފައިވާ ރުއް ، ގަސް ތަކާ ގުޅޭ
ދުއްވާ އުޅަނދަށާއި މަގުގައި ހިނގާ މީހުންނަށް އުނދަގޫ ވާގޮތަށް ގޯތިގެދޮރާއި، މަގުމަތީގައި ރުއް، ގަސް ހައްދާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި، ރަށުގެ މަގުތަކުގެ ދެފަރާތުގައި އެކި ބާވަތްތަކުގެ ތަކެތި ގިނަ ދުވަސް ވަންދެން ބަހައްޓާފައިވާކަން ފާހަގަ ކުރެވެއެވެ. އެހެން ކަމުން، ގިނަ ދުވަސް ވަންދެން މިގޮތަށް ބަހައްޓާފައިވާ ތަކެތި މަގުމަތިން ނެންގެވުން އެދެމެވެ.
ދުއްވާ އުޅަނދަށާއި މަގުގައި ހިނގާ މީހުންނަށް އުނދަގޫ ވާގޮތަށް ގޯތި ތެރޭގައި ހައްދާފައިވާ ރުށްގަހުގެ ގޮފިތައް، ބިމުން ފެށިގެން 10 (ދިހައެއް) ފޫޓު އުސްމިނަށް، (08 ނޮވެމްބަރ 2022) ވާ (އަންގާރަ) ދުވަހުގެ ކުރިން ކޮށައި ދެއްވުން އެދެމެވެ.
24 ރަބީޢުލްއައްވަލް 1444
20 އޮކްޓޯބަރ 2022