ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/472/2022/7
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 30 ނޮވެންބަރު 2022 00:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމާ ބެހޭ

އިޢުލާން

އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދަފްތަރު އެކުލަވާލުމާ ބެހޭ   

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ ވަނަ މާއްދާގެ 22 ވަނަ ނަންބަރު އާއި 40 ވަނަ މާއްދާގެ 23 ވަނަ ނަންބަރު ގައި ރަށު ކައުންސިލުން އަދި ސިޓީ ކައުންސިލުން ދޭ ރަށްވެހިކަމުގެ ޚިދުމަތްތަކުގެ ތެރޭގައި، މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާއެއްޗެހި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާންމުންގެ އަތުން ފީނަގައިގެން، އެއްގަމާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމްކޮށް ސިޓީ ކައުންސިލް އަދި ރަށު ކައުންސިލުން ބަލަހައްޓަންވާނެކަމަށް ބަޔާންކޮށްފައި ވެއެވެ. އެހެންކަމުން މި ޚިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ރަށެއްގައިވެސް އެ ރަށެއްގައި ބޭނުންކުރާ އެއްގަމުގައި ދުއްވާ އުނޅަދުތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމުގައި ދަންނަވަމެވެ.

ވީމާ، މަތީގައި ދެންނެވުނު ފަދައިން ސިޓީ ކައުންސިލްތަކާއި ރަށުކައުންސިލްތަކުން އެކުލަވާލަން ބޭނުންވާ އުޅަނދުތަކުގެ ދަފްތަރު އެކުލަވާލުމަށްޓަކައި، އެ އުޅަނދެއްގެ ވެރިފަރާތުން ކައުންސިލަތަކަށް ބޭނުންވާ އެއްބާރުން ދެއްވައި، އެރަށެއްގައި ދުއްވާ އުނޅަދުތަކުގެ މަޢުލޫމާތު، 30 ނޮވެމްބަރ 2022 ގެ ކުރިން ކައުންސިލްތަކާއި ޙިއްސާކޮށް ދެއްވުމަކީ މި މިނިސްޓްރީގެ ވަރަށްބޮޑު އެދުމެއްކަމުގައި ދެންނެވީމެވެ.

20 އޮކްޓޫބަރު 2022