މަސައްކަތް
ނަންބަރު: (IUL)289/289/2022/60
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 26 އޮކްޓޫބަރު 2022 10:30
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްއިދާރާއަށް އަލަށް އިތުރުކުރި ބައިގައި ތަޅުން އަޅާ ސިމެންތި ޖަހައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

 

ކައުންސިލްއިދާރާއަށް އަލަށް އިތުރު ކުރި ބައިގައި ތަޅުން އަޅާ ސިމެންތި ޖަހައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ.

                 ލަންދޫ ކައުންސިލް އިދާރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި ކައުންސިލް އިދާރާގެ އިމާރާތައް އަލަށް އިތުރުކޮށް މިހާރު ރާނާ ހިޔާކޮށްފައިވާ ބައިގައި ތަޅުންއަޅާ ސިމެންތި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                 އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                 މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ކަމުގައި ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުން އެދެމެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

20 އޮކްޓޫބަރު 2022