ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2022/57
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 12:13
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނެޖްމަންޓް އަށް ވަގުތީ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުން

އިޢުލާން

ވޭސްޓް މެނެޖްމަންޓް އަށް ވަގުތީ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުން

މި އިދާރާގެ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން، ސަލާމާއި ޢާއިލީޒިންމާ، އަދި އަހަރީ ޗުއްޓީގައި ހުންނަ ދުވަސްތަކުގައި، ވަގުތީގޮތުން މަސައްކަތް ކުރުމަށް، ތިރީގައި މިދަންނަވާ މަޤާމްތަކަށް ބޭނުންވާ މުވައްޒަފުންގެ ޕޫލެއް ރަޖިސްޓްރީކުރަން ބޭނުންވެއްޖެއެވެ. މި ޕޫލުގައި ރަޖިސްޓްރީވާ ފަރާތްތަކާ މިކައުންސިލް އިދާރާއާ ދެމެދު އެއްބަސްވުމެއް އެކުލަވާލެވޭނެއެވެ.

 

  • މަޤާމް:                 ވަގުތީ މަސައްކަތު
  • މުސާރައާއި އެލެވަންސް:       ދުވާލަކު -/350ރ (ތިންސަތޭކަ ފަންސާސްރުފިޔާ)
  • މަޤާމް:                 ވަގުތީ ޑްރައިވަރ
  • މުސާރައާއި އެލެވަންސް:       ދުވާލަކު -/450ރ (ހަތަރުސަތޭކަ ފަންސާސް ރުފިޔާ)
  • ފެންވަރު ނުވަތަ ޝަރުޠު:      އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުމާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި، އަދި ގިނަވަގުތު ހީވާގިކަމާއެކު މަސައްކަތުގައި އުޅެވޭފަދަ މީހަކު ކަމުގައި ވުން. އަދި ވަގުތީ ޑްރައިވަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުގައި ޕިކަޕް ދުއްވުމުގެ ލައިސަންސް އޮތުން.
  • ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުނިމެނޭޖްކުރުމުގެ މަސައްކަތް.          

ވީމާ، މިޕޫލުގައި ރަޖިސްޓްރީ ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަލިފުށި ކައުންސިލްގެ އިދާރާއަށް ސިޓީފޮނުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

18 އޮކްޓޫބަރު 2022