މަސައްކަތް
ނަންބަރު: GS-95/2022/022
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 30 އޮކްޓޫބަރު 2022 11:00
ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ ސެކަންޑް ޔުނީފޯމް މި ސުކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މި ސުކޫލުގެ ދަރިވަރުންގެ ސެކަންޑް ޔުނީފޯމު ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް އޮތް 2 އަހަރަށް، ވިޔަފާރި ޢުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވެލަށްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސުކޫލަށް ވަޑައިގެން ނަން ނޯޓުކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށައެޅުއްވުން އެދެމެވެ.

ތާރީޚް

ތަފްޞީލް

ގަޑި

ތަން

20 އޮކްޓޯބަރ 2022 އިން  24 އޮކްޓޯބަރ 2022 އަށް

ނަންނޯޓުކުރުން

09:00 އިން 13:00 އަށް

ކުރިނބީ ސްކޫލް / ހދ. ކުރިނބި

25 އޮކްޓޯބަރ 2022 (އަންގާރަ)

މަޢުލޫމާތު ސާފުކުރުން

ހެނދުނު 11:00 ގައި

ކުރިނބީ ސްކޫލް / ހދ. ކުރިނބި

30 އޮކްޓޯބަރ 2022 (އާދީއްތަ)

އަންދާސީ ހިސާބު ހުށައެޅުން

ހެނދުނު 11:00 ގައި

ކުރިނބީ ސްކޫލް / ހދ. ކުރިނބި

 

އަންދާސީހިސާބުގައި ބައިވެރިވުމަށް ނަންނޯޓު ކުރާއިރު މަޢުލޫމާތު ސާފުކުރި ފަރާތުގެ ނަން، އީމެއިލް އެޑުރެހާއި ގުޅޭނެ ފޯނު ނަންބަރު ހިމެނުއްވުން އެދެމެވެ. ނަންނޯޓު ކުރައްވާނީ ލިޔުމުން ސުކޫލު އީ-މެއިލް އަށް ފޮނުވައިގެންނެވެ.

 

މި ޚިދުމަތަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު : 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރި ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. 

 

ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ނަން ޏޯޓުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށްހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށްއެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ އެއްފަރާތެވެ.

 

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ޚާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަން ވާނެއެވެ.

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކުރިނބީ ސުކޫލުގެ ނަންބަރު 6520532 ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އަދި މި ޕުރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.  

20 އޮކްޓޫބަރު 2022