ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)285-D/285/2022/57
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 31 އޮކްޓޫބަރު 2022 14:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް މަޤާމަށް މީހަކު ހޯދުމާ ގުޅޭ

 އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެެއެވެ.

މަޤާމު:                               ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:                         01

މަޤާމުގެ ގިންތި:                          ދާއިމީ

މަޤާމުގެ ރޭންކް:                          އެސް. އެސް 1

މަޤާމުގެ ކުލެސިފިކޭޝަން:                     ސަޕޯޓް ސްޓާފް ގްރޭޑް 1   

ވަޒީފާ އަދާކުރަން ޖެހޭތަން:                    މިސްކިތައް

މުސާރަ:                               3100.00 ރުފިޔާ 

ސަރވިސް އެލަވަންސް:                       1000.00 ރުފިޔާ 

އެހެނިހެން އެލަވަންސް:                 - ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 1200.00 ރުފިޔާ 

                              - ދަންފަޅި އުޞޫލުން މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން                                       އެލަވަންސް ދެވޭނެއެވެ.

                               - ސިވިލް ސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން                                         އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

                               - ސިވިލް ސާރވިސް މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން މިނިމަމް                                      ވޭޖް އެލަވަންސް ލިބޭނެއެވެ.

                               - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން                                        ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:       

1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރު ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 

3. ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތައް ގޮސް މިސްކިތުގެ ފަންކާތަކާއި ބޮކިތައް ދިއްލައި އަދި އިސްކުރުބަރި ސާފުކުރުމާއި އަދި ނަމާދު ވަގުތުގެ ފަހުން މިސްކިތުގެ ފަންކާތަކާއި ބޮކިތަށް ނިއްވުން.

4. ކޮންމެ ނަމާދެއްގެ ވަގުތެއްގެ ކުރިން ރަށު ކައުންސިލުގެ އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެ މަތިން މިސްކިތް ފޮޅައި ސާފުކުރުމާއި ފާޚާނާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެ ތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާ އިންވެގެން އޮންނަ މަގުތައް ކުނިކެހުމާއި ވިނަ ނޮޅުމާއި އުކާލުމުގެ މަސައްކަތްކުރުން. 

5. ރަށު ކައުންސިލުން ކަނޑައަޅައި ތާވަލަކާ އެއްގޮތަށް ކައުންސިލުގެ އިދާރާއިން ކަނޑައަޅައި މިސްކިތުގެ ފަންކާ ތަކާއި ބޮކި ފަދަ ތަކެއްޗަށް ގެއްލުމެއް ލިބެއްޖެނަމަ ބަދަލުކުރުމުގެ މަސައްކަތް ކުރުން.

6. ކައުންސިލުގެ އިދާރާގެ ބެލުމުގެދަށުގައިވާ ހިނަވާގެ ސާފުކުރުމާއި އަދި މިނޫންވެސް ރަށްވެހިކަމުގެ މަސްއްކަތް ކުރުން. 

7. މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކުރުމަށް ނުވަތަ މިސްކިތާއި ގޯތިތެރެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ތަށް ކުރުމަށް ރަށު ކައުންސިލް އިދާރާއިން އަންގަވައި ގޮތެއްގެ މަތިން 2 ގަޑީރު ހޭދަކުރުން.

8. މިސްކިތްތަކުގެ ސައުންޑު، އަދި ކަރަންޓް ފަންކާ އަދި އިލެކްޓްރޯނިކް ސާމާނަށް ދިމާވާ މައްސަލަ ސުޕަވައިޒަރ ބެލުމުގެ ދަށުން ހައްލުކުރުން.

9. ކައުންސިލުގެ އިދާރާއިން އިންތިޒާމުކޮށްގެން މިސްކިތުގައި ބާއްވާ ދީނީ އެކިއެކި ދަރުސް ބައްދަލުވުންތަކުގައި ކުރިއަށް ގެންދިއުމުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް: 

ލިޔަން ކިޔަން އެނގުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:                                                                      ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:          

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް(މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި  

ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.

https://www.csc.gov.mv/download/2021/84/lel48c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑުރެސް ހިމެނޭގޮތަށް).

3. ވޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ( މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، 

ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި. ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް،

ޕާސްޕޯޓް ނުވަތަ ޑަރަވިންގ ލައިސަންސް.

4. ސިވިލް ސާރވިސްއަށް /ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން  ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، 

އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެއްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލްފިކޭޝަންސް އޮތޯރިޓީން ލެވަލް ކަނޑައަޅާ ތައްގަނޑު ޖަހާފައިވާ، މަތީ ތައުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒު

ތަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ:ނުވަތަ. ސެޓްފިކެޓް ނެތް ހަލަތްތަކުގައި، ކޯސް ފުރިހަމަ

ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ 

ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ

ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސާރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ 

އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި(އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު

މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސާރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަ 

ކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި(އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަޞްޢޫލިއްޔަތުތައް 

(އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި 

(އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަޞްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)

ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާ

ކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަޞްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާ

ކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން

ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަން

ވާނެއެވެ.)

(ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރައެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ 

އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި 

ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަޞްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާ

ކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލް 8 ގައި

ވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް."

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 1. އަސާސީ ޝަރުތު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ:%50)

2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމު (ކަނޑައެޅިފައިވާ އިންސައްތަ:%5)

3. އަސާސީ ޝަރުތަށްވުރެ ތިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ:%5)

4. އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ:%40)

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމުލަ%70 (ހަތްދިހަ) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (31 އޮކްޓޯބަރ 2022) ގެ (14:00)ގެ ކުރިން، (މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ

ކައުންސިލުގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް 

ބަލައިގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައފި ނަމަ، އެ ކަނޑައަޅާ

ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. 

ޝޯޓްލިސްޓްކުރުން:

މިވަޒީފާއަށް އެދި އުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން

އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 31 އޮކްޓޯބަރ 2022 އާއި 10 ނޮވެންބަރ 2022 އާ ދެމެދު، 

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލުގެ އިދާރާ ގައެވެ. 

 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް 

(A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ނޯޓިސް ބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް

ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި

އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560018 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި

ލިޔުންތައް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރުޓްމެންޓް އުޞޫލު"

(https://www.csc.gov.mv/policv/lndex/51) އިން ލިބެން ހުންނާނެއެވެ.

 

ވީމާ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 24 ރަބީޢުލްއައްވަލް 1444

                                  20 އޮކްޓޯބަރ 2022  

                                                                                                                                                      ޙުސައިން އަބޫބަކުރު        

                                                      ހެނބަދޫ ކައުންސިލްގެ ރައީސް                                                                                       

                                                                                                                           

                          

 

20 އޮކްޓޫބަރު 2022