ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ރަތްމަންދޫ، ދިވެހިރާއްޖެ. ނަމްބަރ: (IUL)362/362/2022/28
މުލަކަތޮޅު ރަތްމަންދޫ ފުޓްސަލް ދަނޑާއި ކުޑަކުދިންގެ ޕާރކް އެޅުމަށް ކަނޑައަޅާފައިވާ ދެ ބިން ސާފުކުރާނެ ފަރާތެއް ހޯދުމަށްކުރެވުނު މިއިދާރާގެ ނަމްބަރ: 27/2022/362/362(IUL) އިއުލާނާއި ގުޅިގެން ތިން ފަރާތަކުން ޝައުގުވެރިކަން ފާޅު ކޮށްފައި ނުވާތީ، މި ދެބިން ސާފުކުރާނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވާމަންޓް އިން ރަތްމަންދޫގައި ތަރައްޤީ ކުރުމަށް ނިންމަވާފައިވާ ފުޓްސަލް ދަނޑާއި ކުޑަކުދިންގެ ޕާރކް އެޅުމަށް ކަނޑައަޅާފައިވާ ބިންތައް ސާފުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްފާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ރަތްމަންދޫ ކައުންސިލްގެ ޖަލްސާ ކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޢަންދާސީ ހިސާބު ހުށަހުޅުއްވުން އެދެމެވެ.
- ފުޓްސަލް ދަނޑު ބޮޑުމިން '146 * '93
- ކުޑަކުދިންގެ ޕާރކު ބޮޑުމިން '130 * '35
މި ބީލަން ހުޅުވާލެވިފައިވަނީ ނަންބަރ: 2014/18 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު" ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށާއި، ނަންބަރު: 2014/19 " އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން" ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ.
މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 26 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތް ތަކަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ސިޓީއާއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއި ބަދަލުގައި އަންނަފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
24 ރަބީޢުލްއައްވަލް 1444
20 އޮކްޓޯބަރ 2022