ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2022/94
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 08:20
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގެ މިހާރުގެ ބަނދަރު ބޭނުންކުރައްވާ ފަރާތްތަކުގެ ސަމާލުކަމަށް؛
ކަނޑުގައި ދުއްވާ އުޅަނދު ފަހަރުތައް، ލަފާ ފުރުމާއި މުދާ އުފުލުމާއި ބޭލުމަށް ގދ.ހޯނޑެއްދޫގެ ބަނދަރު ބޭނުންކުރައްވާ ފަރާތްތަކުން ޢަމަލު ކުރަންވީގޮތް އެނގޭގޮތަށް ބަނދަރު ސަރަޙައްދުގައި ކައުންސިލުން ބަހައްޓާފައިވާ ބޯޑްތަކުގައި ބަޔާންކޮށްފައިވާ ގޮތާއި އެއްގޮތަށް 2022 އޮކްޓޯބަރ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން އެންމެހާ ފަރާތްތަކުން ޢަމަލުކުރެއްވުން އެދި ދެންނެވީމެވެ. އަދި ކަނޑުގައި ދުއްވާ އުޅަނދު ފަހަރުތައް، ލަފާ ފުރުމަށް ހޭދަވާ ވަގުތު ފިޔަވައި ލަފާ ފުރުމަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދުގައި އުޅަނދުތައް އަޅާފައި ނުބޭއްވުމަށް އުޅަނދުފަހަރުގެ ވެރިންނާއި އުޅަނދުތައް ދުއްވާ އަދި ބަލަހައްޓަމުންގެންދާ އެންމެހާ ފަރާތްތަކަށް އަންގަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 އޮކްޓޫބަރު 2022