ދިވެހިރާއްޖެ
ނަމްބަރު (IUL)GAAH/GAAH/2022/35 :
އިޢުލާން
މި ހޮސްޕިޓަލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް " އަސްކަނި " ސީލިންގ ކޮށްދެނޭ ފަރާތެއް ހޯދުމަށް.
މި ހޮސްޕިޓަލުގެ ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް " އަސްކަނި " ސީލިންގ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮކްޓޫބަރ 2022 ވާ ( އަންގާރަ ) ދުވަހުގެ މެންދުރު 13.30 އަށް މި ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 08 ނޮވެމްބަރ 2022 ވާ ( އަންގާރަ ) ދުވަހުގެ 13.30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތައް، ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތުތައް ފުރިހަމަ ނުކުރައްވައި ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައި ނުގަނަވޭނެ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ނުވަތަ ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
19 އޮކްޓޫބަރ 2022