ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GAAH/GAAH/2022/34
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 23:26
ސުންގަޑި: 25 އޮކްޓޫބަރު 2022 13:30
ގއ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ގައިނީ ވާޑްގެ ފުރާޅު ޓިނުތައް ބަދަލު ކޮށްދެނޭ ފަރާތެއް ހޯދުމަށް

ނަމްބަރު:   (IUL)GAAH/GAAH/2022/34

އިޢުލާން

 މި ހޮސްޕިޓަލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ގައިނީ ވާޑްގެ ފުރާޅު ޓިނުތައް  ބަދަލު ކޮށްދެނޭ ފަރާތެއް ހޯދުމަށް.

            މި ހޮސްޕިޓަލުގެ ފޯރުކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް ގައިނީ ވާޑްގެ ފުރާޅު ޓިނުތައް  ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮކްޓޫބަރ 2022 ވާ ( އަންގާރަ ) ދުވަހުގެ މެންދުރު 13.30 އަށް މި ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފްރެއްވުމަށްފަހު، 08 ނޮވެމްބަރ 2022 ވާ ( އަންގާރަ ) ދުވަހުގެ 13.30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތައް، ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް އަދި  މަޢުލޫމާތުތައް ފުރިހަމަ ނުކުރައްވައި ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައި ނުގަނަވޭނެ ވާހަކަ ދަންނަވަމެވެ.

                              މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަމިއްލަ ފަރުދުންދުންގެ ވިޔަފާރި ނުވަތަ ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

                މިހެންވެ މިކަން އާންމުކޮށް  އަންގާ އިޢުލާންކުރީމެވެ. 

  19 އޮކްޓޫބަރ 2022                            

19 އޮކްޓޫބަރު 2022