ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2022/93
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 26 އޮކްޓޫބަރު 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ އަތުނަރުމަގުގެ ހުޅަގުއުތުރު ފަރާތުގައި (އައުޓުޑޯ ޖިމްގެ އުތުރުން ފެށިގެން ސޯސަން މަގާއި ހަމައަށް) ހުރި ރުއްގަހުގެ ބަދަލާއިގުޅޭ؛

ގދ.ހޯނޑެއްދޫ އަތުނަރު މަގުގެ ހުޅަނގުއުތުރު ފަރާތުގައި (އައުޓުޑޯ ޖިމްގެ އުތުރުން ފެށިގެން ސޯސަން މަގާއި ހަމައަށް) ހުރި ރުއްތަކުގެ ތެރެއިން މިކައުންސިލުން 1 އިން 42 އަށް ނަންބަރު (މުށި ކުލައިން) ޖަހާފައިވާ ރުއްތަކާއި، 1 ނަންބަރު ޖަހާފައިވާ ފުނަގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، އެ ސަރަޙައްދުތަކުގައި ހުރި ރުއްތަކުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެހި ގަންނަ ވަކަރުލާ މޮޅު ރުއް، ފޯދުނު ރަނގަޅު ރުއް، ފޯދުނު އާދައިގެ ރުއް، ފޯދުނު ދެރަ ރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެ ރުއް އަދި ނުފޯދޭ ކުޑަރުއް) އަދި ފުނަގަހުގެ ވަށަމިން ބަޔާންކޮށް 2022 އޮކްޓޯބަރ 26 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެ ސަރަޙައްދުތަކުގެ ޗާޓެއް މި އިޢުލާނާއިއެކު އާންމުކުރީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޮކްޓޫބަރު 2022