ބީލަން
ނަންބަރު: (IUL)339-ESMS/339/2022/127
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 26 އޮކްޓޫބަރު 2022 11:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ތޮއްޑޫއިން ކުނި ނަގާދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

 ބީލަންހުށަހެޅުމުގެ ދަޢުވަތު

 

 

ޕްރޮޖެކްޓްގެ ނަން:

އއ.ތޮއްޑޫއިން ކުނި ނަގާދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

 

ޕްރޮޖެކްޓްގެ ނަންބަރު:

(PROJ)339/2022/9

 

އިޢުލާނު ނަންބަރު:

(IUL)339-ESMS/339/2022/127

އިޢުލާނުގެ ވަނަ:

1 ވަނަ

 

ބީލަމުގެ މާޢުލޫމާތު

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އއ.ތޮއްޑޫއިން ކުނި ނެގުމުގެ މަސައްކަތް 3 މަސް ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތަކަށެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުން

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2022 އޮކްޓޯބަރ 26 ވަނަ ދުވަހުގެ 11:00 އެވެ.  ބީލަމަށް ރަޖިސްޓްރީ ކުރަން ކަނޑައެޅިފައިވާގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ އެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކުރުމުން ރަޖިސްޓްރ ނަންބަރ ޖަހާ އެ ސްލިޕް މެއިލް ކުރެވޭނެއެވެ. އަދި ރަސްމީގަޑީގައި ކައުންސިލްގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރުމަކީ ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.

 

ބީލަން ހުޅުވުން

ބީލަން ހުޅުވުން އޮންނާނީ  2022 އޮކްޓޯބަރ 30  ވަނަ ދުވަހުގެ 11:00 ގައި ތޮއްޑޫ ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ.

 

އިތުރު މަޢުލޫމާތު

މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2022 އޮކްޓޯބަރ 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން މަތީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

19 އޮކްޓޫބަރު 2022