ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު ސަރަހައްދުން އާއްމު ވިޔަފާރިއަށް 1500 އަކަފޫޓުގެ 5 ބިން 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 31 އޮކްޓޯބަރ 2022 (ހޯމަ) 10:15 ގެ ކުރިން މިއިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކްގައިވާ ފޯމް ހުށަހެޅުން އެދެމެވެ.
ލިންކް: https://forms.office.com/r/23K91H3EeN
ތަފްސީލް |
ތާރީޚް |
ގަޑި |
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް [email protected] |
27 އޮކްޓޯބަރ 2022 (ބުރާސްފަތި) |
10:15 |
ރަޖިސްޓަރ ވުމުގެ ސުންގަޑި |
31 އޮކްޓޯބަރ 2022 (ހޯމަ) |
10:15 |
އަންދާސީ ހިސާބު ހުށަހެޅުން (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) |
01 ނޮވެމްބަރ 2022 (އަންގާރަ) |
10:15 |
މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 31 އޮކްޓޯބަރ 2022 (ހޯމަ) ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދެވޭނެއެވެ.
ނޯޓް: ބީލަންފޮތް އެޓޭޗު ކުރެވިފައި