ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2022/46
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 27 އޮކްޓޫބަރު 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންވަރު ރަނގަޅު ވަޅޯމަހާއި އަދި މަހުން ތައްޔާރުކުރާ ތަފާތު ބާވަތްތައް ރައްކާތެރިކަމާއިއެކު ފެންވަރު ރަނގަޅުކޮށް ތައްޔާރުކުރުމަށް ދަސްކޮށްދޭ ތަމްރީނު ޕްރޮޖްގްރާމް

މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ގުޅިގެން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީކުރުމަށް " ޕްރޮމޯޝަން އޮފް ބުލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ އޮފް މޯލްޑިވްސް" ގެ ނަމުގައި ޕްރޮޖެކްޓެއްވަނީ ފަށާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ފެންވަރު ރަނގަޅު ވަޅޯމަހާއި އަދި މަހުން ތައްޔާރުކުރާ ތަފާތު ބާވަތްތައް ރައްކާތެރިކަމާއިއެކު ފެންވަރު ރަނގަޅުކޮށް ތައްޔާރުކުރުމަށް ދަސްކޮށްދޭ 4 ދުވަހުގެ ތަމްރީނު ޕްރޮޖްގްރާމެއް 2022 އޮކްޓޫބަރު 29 ން ފެށިގެން 2022 ނޮވެންބަރު 02 ވަނަ ދުވަހުގެ ނިޔަލަށް މިރަށުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ ޖަޕާނުގެ ކަމާއިގުޅޭ މާހިރަކާއި ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނެވެ.

ވީމާ، މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ގޫގްލް ފޯމް ފުރުއްވާ 2022 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ ކުރިން ޕްރޮގްރާމްގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިކުރުމަށް ހަމެޖެހިފައިވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ 25 ބޭފުޅުންނެވެ. އަދި މި ޕްރޮގްރާމްގައި ގިނަ އަންހެން ބޭފުޅުން ބައިވެރިވުމަކީ ފިޝަރީޒް މިނިސްޓްރީގެ ވަރަށްބޮޑު އެދުމެކެވެ.

ރަޖިސްޓްރީވުމަށް އެދޭ ފޯމް:

https://docs.google.com/forms/d/1TxtxHQAoGuTbCDm_2gIKVCq9oJI1JhkckqIvt9W3qGE/edit

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 އޮކްޓޫބަރު 2022