ތަމްރީނު
ނަންބަރު: (IUL)141-MNIS-A/1/2014/289
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 10 ނޮވެންބަރު 2014 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވޮލީބޯޅަ ރެފްރީ ޓްރެއިނިންގ ކޯހެއް ހިންގުމަށް

މި އިންސްޓިޓިއުޓާއި، ވޮލީބޯލް އެސޯސިއޭޝަން ގުޅިގެން 13 ނޮވެންބަރު 2014 އިން 27 ނޮވެންބަރު 2014 އަށް ވޮލީބޯޅަ ރެފްރީ ޓްރެއިނިންގ ކޯހެއް މާލޭގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކޯހުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ނޮވެންބަރު 2014 ވަނަ ދުވަހުގެ 14:00 ގައި މި އިންސްޓިޓިއުޓަށް (ހ. ބޯޅަގެއަށް) އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި އިންސްޓިޓިއުޓުންނާއި ވޮލީބޯލް އެސޯސިއޭޝަނުން ލިބެން ހުންނާނެއެވެ. ފެކްސް ނަންބަރަކީ 3326675 އެވެ. ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ޕްރޮގްރާމް ކޯޑިނޭޓަރ އަލްފާޟިލް މުޙައްމަދު ޢައްޒާމް 3326986 އަށެވެ.

11 މުޙައްރަމް 1436

04 ނޮވެންބަރު 2014