މަސައްކަތް
ނަންބަރު: 370-C/2014/28
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 13 ނޮވެންބަރު 2014 14:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ ފުޓްބޯޅަދަނޑު ވަށައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ފ.ފީއަލީ ފުޓްބޯޅަދަނޑުގެ ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 07 ސެޕްޓެންބަރު 2014 ވަނަ ދުވަހު ކުރެވުނު މިއިދާރާގެ ނަންބަރު C/2014/20-ފ370 އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގައި ފީއަލީ ކައުންސިލުގެ އިދާރާގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި ފީއަލީ ކައުންސިލުގެ އިދާރާގައެވެ.

ވީމާ، ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް ފީއަލީ ކައުންސިލުގެ އިދާރާއަށް އަންދާސީހިސާބު ހިއްޕަވައިގެން ހާޟިރުވުން އެދެމެވެ. އަދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ.ފީއަލީ ފުޓްބޯޅަދަނޑުގެ ވަށައިގެން ފެންސް ޖެހުމާބެހޭ " މިހެން ލިޔެފައި އޮންނަންވާނެއެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

09 މުޙައްރަމް 1436

02 ނޮވެންބަރު 2014