ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-ED/266/2022/153
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 19 އޮކްޓޫބަރު 2022 20:30
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ބާއްވާ ބައްދަލުވުން

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ވަޑައިގަންނަވާ ވަފުދެއް، ކުޅުދުއްފުށީގައި ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރިވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިއަށް ޝައުޤުވެރިކަން ހުރި އާއްމު ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުމެއް 19 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 20:20 ގައި ޢަފީފުއްދީން ސްކޫލް ހޯލުގައި އޮންނާނެއެވެ.

މިބައްދަލުވުމުގައި ކުޅުދުއްފުށީގައި ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރިވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިއަށް ޝައުޤުވެރިކަން ހުރި އާއްމު ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.

18 އޮކްޓޫބަރު 2022