ދިވެހިރާއްޖެ
މި އިޢުލާންވަނީ 19 އޮކްޓޫބަރު 2022 12:02 ގައި ބާތިލް ކުރެވިފައެވެ.
(IUL)405-A/2022/55
ލ.ކުރެދިރެހާ ( ބޮޑުހުރާ) ވަގުތީގޮތުން ބެލެހެއްޓުމަށް ދޫކުރުމާއި ގުޅޭ
ލ. ކުނަހަންދޫގެ އިހްތިޞާސް ތެރޭގައި ހިމެނޭ ލ. ކުރެދިރެހާ ( ބޮޑުހުރާ) 01 އަހަރުދުވަހަށް ބަލެހައްޓައިދޭނެ
ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުވެރިވެލައްވާ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު
(ގާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2022 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް
"ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް
ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މިބީލަމުގައި
ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މިކަމާއި މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ޝާއިޢުކުރެވިފައި އެވަނީއެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރަށް
މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2022އޮކްޓޯބަރ 30 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected]
އަށް ލިޔުމަކުން ފޮނުވުމަށް ދަންނަވަމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 ނޮވެމްބަރ 01 ވާ އަންގާރަ ދުވަހުގެ 13:30 ގައި
މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް
ނުވެވޭނެއެވެ.
23 ރަބީއުލް އައްވަލް 1444
19 އޮކްޓޯބަރ 2022