މަސައްކަތް
ނަންބަރު: (IUL)30-J/30/2014/55
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 12 ނޮވެންބަރު 2014 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ ސަރަޙައްދުގެ ބިމުގައިހުރި ރުއްތައް ދިގުމުއްދަތަކަށް މެނޭޖްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ހދ.ހަނިމާދޫގައި ހުންނަ 'ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ' ގެ ދެކުނުން މިމިނިސްޓްރީއަށް ރަޖިސްޓަރީކޮށްފައިވާ 460x350 ފޫޓު ބިމުގެ ސަރަޙައްދުގައިވާ ރުއްގަހުގެ ތެރެއިން އެތަނުގައިވާ ރުކުން ލިބޭ ކާށީގެ ބޭނުން ތަނަށް ފައިދާހުރި އަދި ޢާންމުންނަށްވެސް އެންމެ ރަނގަޅުގޮތެއްގައި އޭގެ ބޭނުން ހިފޭނޭގޮތަށް އެ ރުއްތަކުގެ ބޭނުންކުރުމަށް އަދި ރުއްތައް ރަނގަޅަށް މެނޭޖްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަނެއް 12 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00 ގައި ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މި މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަނަށް ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލަމެވެ.

12‏‏ މުޙައްރަމް‏ 1436

05 ނޮވެންބަރު 2014