ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ:
މި މިނިސްޓްރީގެ ދަށުން ކ.ގުރައިދޫގައި ހިންގަމުންދާ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ، ވޯޑް 2، ވޯޑް 3 އަދި އޮފީސް ޢިމާރާތުގެ މަރާމާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދި ކޮށްފައިވާ އިޢުލާނަށް އަންދާސީހިސާބު އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މި މިނިސްޓްރީގެ ނަންބަރު (IUL)459-PL/459/2022/79 (14 ސެޕްޓެންބަރު 2022) އިޢުލާން ބާތިލްކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މިނިސްޓްރީގެ ދަށުން ކ.ގުރައިދޫގައި ހިންގަމުންގެންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ވޯޑް 2، 3 އަދި އޮފީސް އިމާރާތުގެ މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
23 އޮކްޓޫބަރު 2022 |
ހޯމަ |
13:30 |
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު / ކ.ގުރައިދޫ |
އަންދާސީ ހިސާބު ހުށައެޅުއްވުން |
30 އޮކްޓޫބަރު 2022 |
ބުރާސްފަތި |
08:10
|
މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް މ.ސީޓްރެކް ބިލްޑިންގ (07 ވަނަ ފަންގިފިލާ) / ގުރާބުތުނޑި ހިގުން |
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަތީގައި ދެންނެވިފައިވާ ވަގުތަށް މައުލޫމާތު ސާފުކުރެއްވުމަށް ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަޑައިގެން ނަން ނޯޓްކުރައްވާ ފަރާތްތަކަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3027536 ނަންބަރު ފޯނާއެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.