މަސައްކަތް
ނަންބަރު: (IUL)343-AS/343/2022/96
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 25 އޮކްޓޫބަރު 2022 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއިބެހޭ

  

އިޢުލާނު

 

 

      މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް، ފެންސްގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ. މިގޮތުން މައުލޫމާތު ޝީޓްގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން މަސައްކަތު އަގުބަޔާންކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

      އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

      މިބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

      މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

      18 އޮކްޓޫބަރ 2022

 

18 އޮކްޓޫބަރު 2022