ވަޒީފާގެ ފުރުޞަތު
ނަންބަރު: GS104-D/IUL/2022/12
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި:
25 އޮކްޓޫބަރު 2022 13:00
ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ އެއް ހޯދުން
އިޢުލާން
ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:
މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް،2022 ނޮވެމްބަރ 1 އިން 31 ޑިސެންބަރު 2022ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު: |
01 މީހުން |
މަސައްކަތުގެ އަގު: |
މަހަކު -/5000 (ފަސްހާސް) ރުފިޔާ |
- ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް، މަހުން މަހުން އަގުދީގެން ހޯދާ ޚިދުމަތަކަށް ވުމާއެކު، މި މަސައްކަތާ ހަވާލުވާ ފަރާތަށް ސްކޫލުން ދޭނީ، މަސައްކަތުގެ އަގަށް ކަނޑައެޅިފައިވާ މަހަކު -/5000 (ފަސްހާސް) ރުފިޔާ އެކަންޏެވެ. މި މަސައްކަތުގައި ތިބޭ މީހުންނަކީ، ސްކޫލްގެ މުވައްޒަފެއްގެ ގޮތުން މަސައްކަތްކުރާ ފަރާތަކަށް ނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ސަލާމާއި، ޗުއްޓީއާއި، ސަރުކާރު ބަންދު ދުވަސްތަކާއި، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ ފަދަ އެއްވެސް އިނާޔަތެއް، ސެކިޔުރިޓީ ބަލަހައްޓާ ފަރާތަކަށް ނުލިބޭނެއެވެ.
- މިމަސައްކަތް ކޮށްދިނުމަށް ކުރިމަތިލެވޭނީ ރަނގަޅު އަޚުލާގެއްގެ، ލިޔަންކިޔަން ދަންނަ، ޢުމުރުން 65 އަހަރުންދަށުގެ، ޞިއްޙަތު ރަނގަޅު، ދިވެހިރައްޔިތުންނަށެވެ.
- މަސައްކަތް ކުރަންޖެހޭނީ ސްކޫލުން ކަނޑައަޅާ ޑިއުޓީތާވަލަކާއި އެއްގޮތަށެވެ.
- މަސައްކަތް ޙަވާލުކުރެވޭ ކޮންމެ ފަރާތަކާއިއެކު މިސްކޫލުން މަސައްކަތުގެ އެއްބަސްވުމެއް ހެދޭނެއެވެ.
- މިމަސައްކަތް ޙަވާލުކުރުމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައަޅާނީ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހު އިންޓަރވިއު ކޮށްގެންނެވެ.
ވީމާ، ކޮންޓްރެކްޓް އުސޫލުން މި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހު، މެންދުރުފަހު 13:00 ގެކުރިން ސިޓީއަކުން ހުށަހެޅުންވުން އެދެމެވެ. ހުށަހަޅާ ސިޓީއާއެކު ތަޢުލީމީ ސެޓްފިކެޓްތަކާއި،އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ އަދި ޕޮލިސްރިޕޯޓް ހުށަހަޅުއްވަން ވާނެއެވެ.
18 އޮކްޓޫބަރު 2022