ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިންގާ ދަރުބާރުގޭގެ ފާށަނާ މާލަމްގައި ހަލާކުވެފައި ހުރި އޭސީތައް ނެގުމާއި އަމިއްލަ ތަކެތީގައި ފާށަނާ މާލަމްގައި އޭސީ ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އަދި ސާރވޭ އޮންނާނީ 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00ގައި ދަރުބާރުގެ އޮފީސް ބައިގައެވެ. އަދި ބީލަން ހުށަހެޅުމަށް ފުރުސަތުދެވޭނީ މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޔެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އީމެއިލް ކޮށްދެއްވުން އެދެމެވެ.
ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޯބަރ 2022 ބުރާސްފަތިދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.