ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2022/10
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 25 އޮކްޓޫބަރު 2022 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އުޅަނދު ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުމަށް

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ޕްރެކްޓިކަލް އިމްތިހާނު ދެއްވާނެ އެގްޒަމިނަރަކު މި އިދާރާއަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު:

01

ޢުޖޫރަ:

ދެއްވާ ކޮންމެ އިމްތިހާނަކަށް -/10 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ހއ.ބާރަށު ކައުންސިލް އިދާރާ

ޝަރުތު:

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ތިރީގައިވާ ކެޓަގަރީތަކުގައި ހިމެނޭ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއި އެކު، ނިޔަމި ކޯސް 1 ނުވަތަ 02 ފުރިހަމަކޮށްފައިވުން.

ކެޓަގަރީ

ތަފްސީލް

A1

ބޭރުގައި އިންޖީނުއެޅި 10 ހޯސްޕަވަރަށް ވުރެންދަށް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް

B1

ބޭރުގައި އިންޖީނުއެޅި 10 ހޯސްޕަވަރުން ފެށިގެންމަތީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް

C1

އެތެރޭގައި އިންޖީނުއެޅި 12 މޭލަށްވުރެން މަޑުން ދުވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް

D1

އެތެރޭގައި އިންޖީނުއެޅި 12 މޭލަށްވުރެން ބާރަށް ދުވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް

ހުށަހަޅަންޖެހޭ ތަކެތި:

  1. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެލައިސަންސްގެ ކޮޕީ
  2. ނިޔަމި ސެޓްފިކެޓް ކޮޕީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ( މުއްދަތު ހަމަނުވާ)
  4. ވަނަވަރު (ސީވީ)

އެދެންވީ ގޮތާއިތަން

ސިޓީއަކުން، ހއ. ބާރަށު ކައުންސިލް އިދާރާއަށް.

ސުންގަޑި:

25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން

އެގްޒަމިނަރަކު ކަނޑައަޅާނެ ގޮތް:

މިކަމަށް އެދިވަޑައިގަންނަވާ ބޭފުޅުންގެ މައުލޫމާތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވީއޭޝަނަށް ހުށަހަޅައި އެ އޮތޯރިޓީން ކަނޑައެޅުއްވާ ބޭފުޅަކާއެކު 02 އަހަރު ދުވަހުގެ މުއްދަތަށް އެގްރީމެންޓް ކޮށްގެންނެވެ.

           

 

 ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17 އޮކްޓޫބަރު 2022