ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)284-MS/284/2022/49
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި:
23 އޮކްޓޫބަރު 2022 13:00
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރެއް ހޯދުން.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރެއް މިއިދާރާއަށް ހޯދުމަށް ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު: 01 (އެކެއް)
އުޖޫރަ:
- 2 ފުރޮޅުލީ އުޅަނދަކަށް -/15 ރުފިޔަ (ފަނަރަ ރުފިޔާ)
- އެހެނިހެން އުޅަނދުތަކަށް -/25 ރުފިޔާ (ފަންސަވިސް ރުފިޔާ)
ޝަރުތު:
- ށ. މިލަންދޫ ކައުންސިލް އިދާރާގެ މުވައްޒަފަކަށް ނުވުން.
- ލިޔަންކިޔަން އެނގުން.
- ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައި ނުވުން.
- ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ ފަރާތެއްކަމުގައި ނުވުން.
ހުށަހަޅަންޖެހޭ ތަކެތި:
- ޑްރައިވިންގ ލައިސަންސްގެ ކޮޕީ
- ޕޮލިސް ރިޕޯޓް (03 މަސް ދުވަސް ނުވާ)
- އައި.ޑީ ކާޑުގެ ކޮޕީ
- ހުށަހަޅާ ފަރާތުގެ ވަނަވަރު
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު 2022 އޮކްޓޯބަރ 23 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުންވުން އެދެމެވެ. އެގްޒަރމިނަރ އައްޔަންކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
17 އޮކްޓޫބަރު 2022