ދިވެހިރާއްޖެ
އުލިގަމު މަސްޖިދު މޫސާ ޢަލީގެ ލޭންޑްސްކޭޕް ހެދުމަށް ބޭނުންވާ ގައު އަޅާދީ އިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)245/245/2022/56 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީވެ، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.
މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުން ކުރިއަށް ގެންދެވޭނީ 2022 އޮކްޓޫބަރ 17 އިން 2022 އޮކްޓޫބަރ 23 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށެވެ.
ބީލަމާގުޅިގެން އެއްވެސް ސުވާލެއްވާނަމަ 2022 އޮކްޓޫބަރ 23 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށާއި، ސުވާލު ހުށަހެޅުމަށް އީމެއިލްކުރައްވާނީ [email protected] އަށެވެ.
މަސައްކަތުގެ މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރި ބިޑް މީޓިންގ އޮންނާނީ 2022 އޮކްޓޫބަރ 24 ވާ ހޯމަ ދުވަހުގެ 13:30 އުލިގަމު ކައުންސިލްގެ އިދާރާގައެވެ. ޕްރިބިޑް މީޓިންގއަށް ޙާޟިރުނުވިކަމުގައިވިޔަސް ބީލަން ހުށަހެޅޭނެއެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2022 އޮކްޓޫބަރ 30 ވާ އާދީއްތަ ދުވަހު 13:30 ގައި އުލިގަމު ކައުންސިލްގެ އިދާރާގައެވެ.
ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.