ދިވެހިރާއްޖެ
މުލަކަތޮޅު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓު
މ. ކޮޅުފުށި،
ދިވެހިރާއްޖެ.
ނަންބަރު: K7C-A/2022/09
އިޢުލާން
މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ވެއިޓިން ރޫމުގައި ހަރުކޮށްފައި ހުރި އެއަރކަންޑިޝަން މަރާމާތު ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މުލަކަތޮޅު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ވެއިޓިން ރޫމުގައި ހަރުކޮށްފައި ހުރި 18000ބީޓީޔޫގެ 1 އެއަރކަންޑިޝަން އަމިއްލަ ތަކެތީގައި މަރާމާތު ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 20 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 9:00 އަށް މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އަންދާސީ ހިސާބު ހުށަހެޅުން
މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 26 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 09:00ގައި މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
17 އޮކްޓޯބަރ 2022