މަސައްކަތް
ނަންބަރު: TENDER/HMH/2022/029
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 23 އޮކްޓޫބަރު 2022 12:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލޭގައި ގާއިމްކުރުމަށް ނިންމާފައިވާ ޑިސްއެބިލިޓީ މެނޭޖްމަންޓު އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ އިންޓީރިއަރ ފިނިޝިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

ނަންބަރު: TENDER/HMH/2022/029 

ހުޅުމާލޭގައި އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓު ސެންޓަރ ހިންގަމުންދާ އިމާރާތުގައި ގާއިމްކުރުމަށް ނިންމާފައިވާ ޑިސްއެބިލިޓީ މެނޭޖްމަންޓު އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ އިންޓީރިއަރ ފިނިޝިންގެ މަސައްކަތް މިހޮސްޕިޓަލުން ދޭ ބީ.އޯ.ކިއު އަދި ކުރެހުމާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 23 އޮކްޓޯބަރ 2022ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުންއެދެމެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. އީ-މެއިލް ކޮންފާރމޭޝަން ރެޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ.

 

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުންކަމާއި ރެޖިސްޓްރީ ކޮންފާރމޭޝަން ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

 

މައުލޫމާތު ދިނުން އަދި އަންދާސީ ހިސާބު ހުށަހެޅުން:

ބިޑުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން އަދި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތާރީޙް، ގަޑި އަދި ތަން އީ-މެއިލް މެދުވެރިކޮށް އެންގޭނެއެވެ.

  

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

  

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ: 

ފޯން: 3350152 / 3350113 

އީ-މެއިލް: [email protected]

 

17 އޮކްޓޯބަރ 2022

 

 

17 އޮކްޓޫބަރު 2022