މަސައްކަތް
ނަންބަރު: E10C-A/2022/2
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި: 23 އޮކްޓޫބަރު 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

      މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް މިކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި E10C-A/2022/01 (12 ޖޫން 2022) ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށްވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

      ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޙްގެ ނިޔަލަށް ބިޑްގައި ރަޖިސްޓްރީވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6580605 ނުވަތަ 6580606 ނަމްބަރު ފޯނާއެވެ. ނުވަތަ ކޯޓަށް ދުރުވެ ރަޖިސްޓްރީވެލައްވާނީ 23 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 13:00 ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށްފަހު ނުވަތަ ގުޅައިގެން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ތާރީޚުގައިވާ ގަޑިއަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ޙާޟިރުވެދެއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ބިޑްގައި ރަޖިސްޓްރީވުން

23 އޮކްޓޫބަރު 2022 ، 13:00

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

24 އޮކްޓޫބަރު 2022 ، 13:00

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން

02 ނޮވެންބަރު 2022 ، 13:00

      މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

      ހުށަހަޅާ އެސްޓިމޭޓްތައް އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއެކު، ހުށަހަޅާ ފަރާތުގެ އައި.ޑީކާޑު ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި އަގުހުށަހަޅާ މަސައްކަތާ، ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ.

      ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތުގެ އައި.ޑީކާޑު ކޮޕީ އަދި ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުން އެދެމެވެ.

      މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައިވެސް ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު އަދި އޮންލައިންކޮށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ                       

 

16 އޮކްޓޫބަރު 2022