ތަމްރީނު
ނަންބަރު: MNU-CA/RG/2014/645
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:29
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެޓުފިކެޓު 3 އިން އިލެކްޓްރޯޓެކްނިކަލް ޓެކްނޮލޮޖީ

ތިރީގައިމިވަނީ މިޔުނިވަރސިޓީގައި، ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ  16 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- ކޯހުގެ ނަން: ސެޓުފިކެޓު 3 އިން އިލެކްޓްރޯޓެކްނިކަލް ޓެކްނޮލޮޖީ

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، (20 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

 ހ. ގްރޭޑް 7 ނިންމާފައިވުން. ނުވަތަ

 ށ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

 ނ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

06 މުޙައްރަމް 1436

30 އޮކްޓޫބަރު 2014