ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)326/326/2022/92
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި:
20 އޮކްޓޫބަރު 2022 14:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"އިޤްރައް1444" ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުން
އިޢުލާން
ހިންނަވަރު ކައުންސިލާއި ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބާއްވާ ޤުރްއާން މުބާރާތް
اقرأ 1444
ހިންނަވަރު ކައުންސިލާއި ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބާއްވާ ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލާ އިޢުލާންކުރަމެވެ.
މި މުބާރާތަކީ ހިންނަވަރުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ކުރިއަށްދާނީ 27 އޮކްޓޫބަރު 2022 ން 29 އޮކްޓޫބަރު 2022 އަށެވެ.
ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހަޅުއްވާނީ ހިންނަވަރު ކައުންސިލް އިދާރާއަށެވެ. ހިންނަވަރު ކައުންސިލްގެ ކައުންޓަރުންނާއި ގެޒެޓް މެދުވެރިކޮށް ފޯމް ލިބެން ހުންނާނެއެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޮކްޓޫބަރު 2022 ގެ 14:00 އެވެ.
މުބާރާތުގެ ޤަވާއިދާއި މުޤައްރަރް މި އިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ.
13 އޮކްޓޫބަރު 2022