ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2022/67 :ނަންބަރ
މި ކޯޕަރޭޝަނުން 2023 ވަނައަހަރު ބޭއްވުމަށް ރާވައިފައިވާ "ޓްރެވަލް ރައިޓަރސް ކޮންފަރެންސް 2023" އަށް ތައްޔާރުވުމުގެ ގޮތުން ތިރީގައި މި ދަންނަވާ މަސައްކަތް ކުރުމަށް ބޭނުންވެެއެވެ.
1. ވީޑިއޯ ގްރަފީ އަދި ވީޑިއޯ ޕޮރޮޑަކްޝަންގެ މަސައްކަތް
ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 އޮކްޓޯބަރ 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށް، ހ. ޒޮނޭރިޔާގެ، 4 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ނޮވެމްބަރ 02 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
20 ރަބީޢުލް އައްވަލްް 1444
16 އޮކްޓޯބަރ 2022