ކުއްޔަށް ދިނުން
ނަންބަރު: (IUL)308/2022/44
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 24 އޮކްޓޫބަރު 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންޓީނު ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓް ނަންބަރު PRO/308/2022/07

މިކައުންސިލުން މިރަށުގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ ކެންޓީނު 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ފަރާތެއް ހޯދަން ބޭނުންވެއެވެ. ކެންޓީނު ކުއްޔަށް ހިފާފަރާތުން ޕާކު ބަލަހައްޓައި މަރާމާތު ކުރަންޖެހޭނެއެވެ.

ކެންޓީނު ކުއްޔަށް ހިފާ ފަރާތުން ކުރުން ލާޒިމްކުރާ ކަންތައްތައް

  1. ކެންޓީނުގެ ޚިދުމަތްތައް ދޭން ފެށުމަށް ބޭނުންވާ އެންމެހައި ހުއްދަތަކާއި ލައިސެންސް ހޯދުމާއި އެކަންކަމަށް ދައްކަންޖެހޭ އަގުތަކާއި ފީތައް ދެއްކުން.
  2. ކެންޓީނުގައި ލުއި ބުއިންތަކާއި ލުއި ކާނާ ވިއްކުން.
  3. ޕާކުގެ ފެން ބިލާއި ކަރަންޓް ބިލާއި އެނޫންވެސް ތިންވަނަ ފަރާތަކަށް ދައްކަންޖެހޭ ބިލުތައް ދެއްކުން.
  4. ކެންޓީނާއި ޕާކުގެ ސެކިއުރިޓީ ބެލެހެއްޓުން. (މުވައްޒަފުން ބޭތިއްބުން ނުވަތަ ކެމެރާ ހަރުކުރުން)
  5. ކައުންސިލުން ކަނޑައަޅާ ގަޑިތަކާއި އެއްގޮތަށް ކުޑަކުދިންނަށް ޕާކު ހުޅުވާ ބަންދުކުރުމާއި ކެންޓީނުގެ ޚިދުމަތް ދިނުން.
  6. ގްރާސްކާޕެޓް އަޅާފައިވާ ސަރަޙައްދުތަކާއި ޕާކުގެ އެތެރެއާއި ބޭރު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  7. ދުވަހުން ދުވަހަށް ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
  8. ކުނި އުކާލުމާއި ކުނި ނައްތާލުމުގެ އުސޫލާއި އެއްގޮތަށް ޕާކުގައި އުފެދޭ ކުނި އުކާލުން.
  9. ޕާކާއި ކެންޓީނުގެ އެއްވެސް ދިއްލުމެއް އަނދައިފިނަމަ ނުވަތަ ހަލާކުވެއްޖެނަމަ މަރާމާތުކުރުން ނުވަތަ ބަދަލުކުރުން.
  10. މަދުވެގެން ތިން އަހަރުން އެއް އަހަރު ޕާކުގެ ލަކުޑި ފިނިޝިންގ ހަދާފައިވާ ގޮނޑިތަކާއި އުނދޯލިތަށް މަރާމާތުކުރުމާއި ވަރުނީސް ނުވަތަ ވުޑްޑައިލުން.
  11. މަދުވެގެން ތިން އަހަރުން އެއް އަހަރު ކެންޓީނު ޢިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަލުން.
  12. ހަ އަހަރުން އެއް އަހަރު ޕާކުގެ ވޯކްވޭތަކުގައި ފްލޯ ޕެއިންޓްލުން.
  13. ހަ އަހަރުން އެއް އަހަރު ޕާކުގެ ވަށާފާރުގައި ކުލަލުން.
  14. ޕާކުގެ އެއްވެސް ތަނެއްގައި ކުލަލާންވާނީ މިހާރު ލާފައިވާ ކުލަ އާއި އެއްފެންވަރުގެ މިހާރުވެސް ލާފައިވާ ކުލަތަކެވެ.
  15. ފުލޯގައާއި ފާރުތަކުގައި ކުލަލާންވާނީ، ކައުންސިލަށް ހުށަހަޅާ ހުއްދަހޯދުމަށްފަހުގައެވެ.
  16. ކުޑަކުދިންގެ ޕާކާއި ކެންޓީނަށް ސަޕްލައިފެން ފެން ފޯރުކޮށްދެވެންދެން އެތަނުގައި ބޭނުންކުރާނީ ކައުންސިލް އިދާރާއިން ދޫކުރާ ފެނެވެ. އެހެންކަމުން އެފެނަށް މަހަކު 500.00 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަން ޖެހޭނެއެވެ.

ޕާކުގައި ކުރެވިދާނެ އިތުރު ކަންތައްތައް

  1. ޕާޓީތަކާއި ޙަފްލާތަކަށް ޕާކު ކުއްޔަށް ދޫކުރުން

ބިޑް ހުށަހެޅުން

  1. ކެންޓީނުގެ ކުލީގެ ގޮތޮގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކު 2000.00 (ދެހާސް) ރުފިޔާއެވެ.

ރަޖިސްޓްރީކުރުން

2022 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] / [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

  • ވިޔަފާރީގެ ނަން
  • ވިޔަފާރި ރަޖިސްޓްރީ ނަންބަރު
  • ވެރިފަރާތުގެ ނަން
  • ވެރިފަރާތާއި ގުޅޭނެ ނަންބަރު
  • އީމެއިލް އެޑްރެސް

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 އޮކްޓޫބަރު 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2022 އޮކްޓޫބަރު 24 ވާ ހޯމަދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.

އަގު ހުށަހަޅަންވީ ގޮތް:

-  އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

-  ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ކެންޓީނު ކުއްޔަށް ހިފުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

-  ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

-  އަންދާސީ ހިސާބު ހުށަހަޅާ ފޯމް

-  ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

-  އަގު %95

-  ތަޖުރިބާ %5

-  އަންދާސީ ހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ބޮޑު އަގަށެވެ.

-  އަންދާސީ ހިސާބު އިވެލުއޭޓް ކުރާއިރު ތަޖުރިބާގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ ގުޅުންހުރި (ހޮޓާ، ރެސްޓޯރަންޓް، ކެފޭ، ކެންޓީނު ހިންގުން) މަސައްކަތްކޮށްފައިވާ އެންމެ ދިގު މުއްދަތަށެވެ.

-  ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.

-  ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

-  ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

  • މި މަސައްކަތަށް ބިޑް ހުށަހެޅޭނީ ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމުގެ ޤާނޫނާއި އެއްގޮތަށް ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  • ބިޑް ހުށަހަޅާ ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
  • މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
16 އޮކްޓޫބަރު 2022