މަސައްކަތް
ނަންބަރު: (IUL)235-VAC/235/2022/13
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 07 ނޮވެންބަރު 2022 11:00
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ރަކީދޫ ޕޮލިސް ޕޯސްޓް ޢިމާރާތްކުރުން

ފެލިދެއަތޮޅު އަތޮޅު ކައުންސިލުން ވ.ރަކީދޫގައި ޕޮލިސް ޕޯސްޓެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

 މައުލޫމާތު ސާފުކުރުން

23 އޮކްޓޯބަރ 2022

11:00

  • ޒޫމް މެދުވެރިކޮށް
  • ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

އަގު ހުށަހެޅުން

07 ނޮވެމްބަރ 2022

11:00

  • ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

 

 

  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް މި އިދާރާގެ ނަންބަރު 6700502 ނުވަތަ ވައިބަރ ނަންބަރު7949275 އަށް މެސެޖުކުރައްވާ ނަން ނޯޓް ކުރެއްވުމުން އެފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ލިންކް ފޮނުވައިދެވޭނެވެ.
  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 23 އޮކްޓޯބަރ 2022ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު: 

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

ފޯން: +960-6700502، ވައިބަރ: +960-7949275  ، އީމެއިލް: [email protected] 

16 އޮކްޓޫބަރު 2022