ކުއްޔަށް ދިނުން
ނަންބަރު: 335/2014/74
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 17 ނޮވެންބަރު 2014 12:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިމެއް ކުއްޔަށް ދިނުމާބެހޭ

މިރަށުގެ ސިނާޢީ ސަރަޙައްދުގައި، ކުރިން އެހެން ފަރާތަކަށް ކުއްޔަށްދީ، މުއްދަތު ހަމަވެގެން ވަކިކުރެވިފައިވާ 14419 އަކަފޫޓުގެ ބިމެއް ( އައުޓްލައިން ޗާޓުގައި ފާހަގަ ކުރެވިފައިވާ ) ވިޔަފާރި އުސޫލުން ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން " ކުލީބިމަށް އެދޭ ފޯމު " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، 24 ނޮވެންބަރު 2014 ދުވަހުގެ ވާ ހޯމަދުވަހުގެ 12:00 އަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. " ކުލީބިމަށް އެދޭ ފޯމު " ވިއްކާ އަގަކީ -/500ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ. ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ، 02 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުން ފެށިގެން 17 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން 12:00 އާ ހަމައަށެވެ.

ފޯމު ހުށަހެޅުއްމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ފޯމުތައް ބަލައިގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 6642024 ނަންބަރަށެވެ. ފެކްސް ކުރައްވާނީ، 6642024 ނަންބަރަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 މުޙައްރަމް 1436

29 އޮކްޓޫބަރު 2014