ދިވެހިރާއްޖެ
ނަންބަރު: (IUL)346/346/2022/72
އިޢުލާން
މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 20 އޮކްޓޯބަރ 2022 ވާ ބުރައިސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވެ ބިޑް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެދެއްވުން އެދެމެވެ. މި އިޢުލާނާއެކު މި މަސައްކަތުގެ މަޢުލޫމާތު ޝީޓު އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި މަޢުލޫމާތު ޝީޓަށް ރިޢާޔަތްކޮށް އިސްވެދެންނެވުނު ގަޑީގައި ބިޑު ކެނޑުން ބިޑް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި އޮންނާނެއެވެ.
ބިޑް ރަޖިސްޓްރީ ކުރުން.
19 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބިޑް ރެޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފަރާތަކީ މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.
- ހުށަހަޅުއްވާ ފަރާތް/ ވިޔަރީގެ ނަން:
- ވިޔަފާރީ ރަޖިސްޓްރީ ނަންބަރު:
- ގުޅޭނެ ފޯނު ނަންބަރު:
- އީމެއިލް އެޑްރެސް:
އަގު ހުށަހަޅަންވީ ގޮތް
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
"އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ"
އއ ހިމަންދޫ/ދިވެހި ރާއްޖެ
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް (މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި)
- ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ.
- އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޖުރިބާ ލިޔެކިޔުން
- އިތުރުފަރާތެއް މެދުވެރިކޮށް ބިޑް ހުށަހަޅާނަމަ ކުންފުނީގެ ސިޓީ.
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލް
ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:
- އަގު %95
- ތަޖުރިބާ %5
- އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
- އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު ތަޖުރިބާއަށް ޕޮއިންޓް ދެވޭނީ އަހަރަކަށް 2.5 ޕޮއިންޓެވެ. އަދި ގިނަވެގެން މިބަޔަށް ދެވޭނީ ޖުމްލަ 5 ޕޮއިންޓެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓް ކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަން އެންގޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން.
މި އިއުލާނާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7948087 އަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 އޮކްޓޯބަރ 2022