ދިވެހިރާއްޖެ
މި އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމު: އެސިސްޓެންޓް އޮޑިޓަރ
ބޭނުންވާ އަދަދު: 1
މުސާރަ: -/10,000 ރ
އެލަވަންސް: މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ގިނަވެގެން މަހަކު 2,400.00ރ ގެ އެލަވެންސެއް ދެވޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
- އޮޑިޓިންގ، އެކައުންޓިންގ، ކޮމްޕްލަޔަންސް ނުވަތަ ރިސްކް މެނޭޖްމަންޓުގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ނުވަތަ ބެޗްލަރސް ޑިގްރީ ފެންވަރުގެ ޕްރޮފެޝަނަލް ސަރޓިފިކޭޝަނެއް ހާސިލުކޮށްފައިވުން.
- އިސްވެ ބަޔާންކުރެވުނު ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރ އަދި ފައިނޭންޝިއަލް/އޮޑިޓިންގ މަސައްކަތްތަކުގައި ޢާންމުކޮށް ބޭނުންކުރެވޭ ސޮފްޓްވެއަރ ރަނގަޅަށް ބޭނުންކުރަން އެނގުން.
- ދިވެހި އަދި އިނގިރޭސި ބަހުން ފުރިހަމައަށް މުޢާމަލާތުކުރަން އެނގުން.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ސިޓީ، އީމެއިލް ނުވަތަ ފެކްސް އަކުން އައި.ޑީ. ކާޑުގެ ކޮޕީ، ސީ.ވީ.، އެޓެސްޓު ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމެއް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމުގެ ވަޒީފާ ބަޔާން މި އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3309908 (އެކްސްޓެންޝަން: 134، 335)
ފެކްސް: 3307759
އީމެއިލް: [email protected]